Coca Cola
@okytha
1.2K
friends
ތިބާ އައީ އެކަންޏެވެ. ތިބާ ދާނީވެސް އެކަންޏެވެ. ތިބާ އައީ ނިކަމެތިކަމުގައެވެ. ތިބާ ދާނީވެސް ނިކަމެތިކަމުގައެވެ. ތިބާ އައީ މުދަލާއި ފައިސާ ނެތިއެވެ. ތިބާ ދާނީވެސް އެތަކެތި ނުލައެވެ. ތިބާ ފުރަތަމަ ފެންވެރުވީ އެހެން މީހެކެވެ. ތިބާ ފަހު ފަހަރަށް ފެންވަރުވާނީވެސް އެހެން މީހެކެވެ. މިއީ މިދުނިޔޭގެ ވަގުތީ ޙަޔާތެވެ. ގިނަ ބަޔަކަށް މި ޙަޤީޤަތް ހަނދާން ނެތި، ވަގުތީ ދުނިޔެއަށް ދަހިވެތިވެވި ޣާފިލުވުމުން، ހެޔޮ ނުބައި އޮޅިދެއެވެ. ހަނދާންކޮށްދޭށެވެ. ނަސޭޙަތްދޭށެވެ.